ހަތަރު ފިރިހެނުން ވެގެން މާލޭގެ ގެސްޓްހައުސްއެއްގައި އަންހެނަކު ރޭޕްކުރަން މަސައްކަތްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ގެސްޓް ހައުސްއެއްގެ ތެރެއިން މިރޭ 22:55 ހާއިރު އަންހެނަކު ހަޅޭލަވާއަޑު އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް އިވިގެން ގެސްޓް ހައުސްއަށް ވަދެ ބެލި އިރު ހަތަރު މީހަކު ވެގެން އަންހެނަކު ރޭފް ކުރަން އުޅުންކަން އެނގިފައިވާ ކަމަށެވެ.

އަދި ފުލުހުން ގެސްޓްހައުސްއަށް ވަން އިރު  އެތަނުން ދެމީހަކު ފިލާފައިވާ ކަމަށާއި، ގެސްޓްހައުސްގެ ތެރޭގައި ތިބި ދެމީހުންގެ ތެރެއިން އެކަކު ގެސްޓްހައުސްގެ ތެރެއިން ހައްޔަރުކުރި އިރު އަނެއް މީހާ ހައްޔަރު ކުރީ ފުލުހުން ގެސްޓްހައުސްއަށް ވަނުމުން ފިލަން މަސައްކަތް ކުރަނިކޮށް މަގުމަތިން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވިފައިވަނީ 32 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އެމީހުން ތިބި ކޮޓަރި ބަލާ ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތަށިތަކެއް ފެނިފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *