ރައްޔިތުންގެ މަޖިލިސް އިންތިހާބުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު، އެ ރަށުގައި އެއާޕޯޓެއް އެޅުމަށާއި އެރަށު ފަޅުގައި ރިސޯޓެއް ހެދުމުގެ ހުއްދައަށް ކަމާބެހޭ ފަރާތްތަކުގައި އެދިއްޖެއެވެ.
މިކަން ހާމަކުރައްވައި އޭނާގެ ކެމްޕެއިން ޕޭޖުގައި ޖާބިރު ވިދާޅުވެފައިވަނީ އެއާޕޯޓު އެޅުމާއި ރިސޯޓު ހެދުމުގެ ހުއްދަ ހޯދުމަށް، އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިދިނުމަށް އެދި އިކޮނަމިކް މިނިސްޓްރީއަށް ސިޓީ ފޮނުއްވާފައިވާނެ ކަމަށެވެ.
މަޖިލީހަށް އިންތިހާބުވި އެހެން މެމްބަރުންތަކެކޭ އެއްފަދައިން ޖާބިރުވެސް ވަނީ ދާއިރާއަށް ގިނަ ކަންތަކެއް ކޮށްދޭނެ ކަމަށް ވައުދުުވެވަޑައިގެންފައެވެ.
އެގޮތުން ކާށިދޫ ދާއިރާގެ ރައްޔިތުން ކޭބަލް ކާރުގައި ދަތުރުކުރާ މަންޒަރު ފެންނާނެ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.