މި އަހަރުގެ ރޯދަމަހުގައި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.
މިކަން ހާމަކުރައްވައި އެ މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު ރާއްޖޭގައި ރޭގަނޑު ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ އެންމެ ދަން ވަންދެން ދަންވަރު 12:00 އާ ހަމައަށް ކަމަށެވެ. އަދި ސައި ހޮޓާތަކާއި ރެސްޓޯރެންޓާއި ކެންޓީނު ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމުން އަލިވެ 3:00 ޖެހުމާ ހަމައަށް ކަމަށެވެ.
ކޮންމެ ރޯދަ މަހަކާއި ދިމާކޮށް ސަރުކާރުން ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެންނަމުން ދެއެވެ.
މިއަހަރުގެ ރޯދަމަސް ފެށޭ ދުވަހަކީ މެއި ހަވަނަ ދުވަހެވެ.