ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތަކުގެ ހިދުމަތް މިރޭ 00:00 އިން ފެށިގެން 8 ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް އެބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މިރޭ 00:00 ފެށިގެން މާދަމާ ހެނދުނު 8:00 އަކާއި ހަމައަށް ޑޮލަރު އޭޓީއެމްތަކުގެ ހިދުމަތް މެދުކަނޑާލަނީ މަރާމާތު ކުރުމަށް ކަމަށެވެ.
އަދި މިކަމާއި ހުރެ ބީއެމްއެލްގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކާއި އުނދަގޫތަކަށް ނިހާޔަށް މާފަށް އެދޭ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.