ރާއްޖޭގައި މަސައްކަތްކުރާ އިޓަލީ މީހެއްގެ އަގޮ ބޮޑު ޑައިވިންގް ކޮމިޕްއުޓަރެއް ޓެކްސީ އެއް ތެރެއަށް ގެއްލުމުން، އެ ޑައިވިންގް ކޮމިޕިއުޓަރު ހޯދާ، އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ. 

މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ، އެ އިޓަލީ މީހާގެ އަތުން ގެއްލުނ ޓެކްސީ އެއް ތެރެއަށް ގެއްލުނީ އެއްހާސް ޑޮލަރުގެ އަގުހުރި ޑައިވިންގް ކޮމްޕިއުޓަރެއް ކަމަށެވެ. އަދި އެ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ، މިއަދު ހަވީރު 16:00 ހާއިރު ކަމަށެވެ. ފުލުހުންނަށް މިހާދިސާގެ ރިޕޯޓް ލިބުމާއި އެކު އެ ޑައިވިންގް ކޮމްޕިއުޓަރު ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައިގެން އެޓެކްސީ ހޯދާފައިވާ ކަމަށެވެ. އަދި  މިހާރުވަނީ އެ ޑައިވިންގް ކޮމްޕިއުޓަރު އޭގެ ވެރިފަރާތާއި ހަވާލު ކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް ޓެކްސީ ތަކަށް އަދި މަގުމަތި ފަދަ ތަންތަނަށް ގެއްލިފައިވާ އާއްމުންގެ އަގު ބޮޑު މުދާތައް ހޯދައި ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.