ލ.ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމު ކޮށްލައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މިރޭ ތޫނު އެއްޗަކުން ހަމަލާދީ އެމީހާ ޒަހަމް ކޮށްލީ، ސައިކަލެއްގައި އައި ބައެކެވެ. ޒަހަމް ކޮށްލި ޒުވާނާއަކީ އެ އަތޮޅު މާވަށު މީހެކެވެ. އަދި އޭނާ ފޮނަދޫ އަށް ދިޔައީ އޭނާގެ ލޯބިވެރިޔާ އާއި ބައްދަލުކުރުމަށެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް އަދި މީޑިއާ ތަކަށް ނާންގައެވެ. އަދި މިކަމުގައި ފުލުހުންގެ ބަހެއްވެސް އަދި ލިބޭ ގޮތެއް ނުވެއެވެ.