ކެއްކުމަކީ އެއްބަޔަކަށް ވަރަށް ފަސޭހަ ކަމެއް ކަމުގައި ވާއިރު އަަނެއްބަޔަކަށް އެއީ ހިތި ތަޖުރިބާއެކެވެ. އެހެންކަމުން އެމީހުން ކައްކަން ބަދިގެއަށް ވަންނަން ވެސް ބޭނުމެއް ނުވެއެވެ.

ކައްކަން އުނދަގޫ މީހުންނަށްވެސް އެކަން ފަސޭހަވެގެންދާ ފަދަ ވަރަށް ގިނަ އުކުޅުތަކެއް ހުންނަކަން އެނގޭހެއްޔެވެ؟

ކުކުޅު ކެއްކުމުގެ ކުރިން ތުނިކޮށް ކުކުޅު ކޮށައިލުން

"Chicken will cook faster if you butterfly the breast, pound it to equal thickness, and cut it into fillets. Otherwise, the small end of the breast will be overcooked and dry by the time the larger side is cooked. It’s an easy extra step, makes a huge difference taste-wise, and looks so much better when plated." —stephaniev23

ކުކުޅު ރޯފިލުވުމަކީ ބައެއް މީހުންނަށް ކުރަން އުނދަގޫ ކަމެކެވެ. އެގޮތުން ކުކުޅުގެ މޭގަނޑު ކައްކަން ބޭނުންނަމަ އެބައިތައް ކަފާ ތުނިކޮށްލުމަށްފަހު ކައްކަން ލުމުން ރޯފިލާ ވަރު އަވަސްވާނެއެވެ. ތުނިކޮށް ކޮށާ ނުލައި ކައްކަން އުޅެފިނަމަ މަސްގަނޑުގެ އެއްފަޅި ރޯފިލަން ވާއިރަށް އަނެއް ފަޅި އޮންނާނީ އަނދާފައެވެ.

ބިސްގަނޑު އެޅުމުގެ ކުރިން ތަވާ ހޫނު ކުރުން

"Wait until your pan and oil is adequately heated before adding food to it, unless you want food that sticks to the pan or cooks unevenly." —zoeh43e265480

ވަރަށް އައު ތަވައެއްގައި ބިސްގަނޑު އަޅަން އުޅުން ނަމަވެސް ތަވައިގައި ބިސް ތަތްލަވައިގެން ބިސްގަނޑު ނުނައްޓައިގެން ބިސްތައް "ސްކްރޭމްބްލްޑް" ވޭހެއްޔެވެ؟ މިކަމުން ސަލާމަތްވުމަށް ބައެއް މީހުން ތަވައިގައި ތެޔޮ ކޮޅެއް އުނގުޅާލާނެއެވެ. ނަމަވެސް ތެލާއި ނުލައިވެސް މިކަން ކުރެވިދާނެއެވެ. ބިސްގަނޑު އަޅަން ފެށުމުގެ ކުރިން ތަވާ ހޫނުކޮށްލާށެވެ.

އެއްޗެހި ކޮށަން ތޫނު ވަޅި ބޭނުންކުރުން


އެއްޗެހި ކޮށުމަކީ ކެއްކުމުގެ އެންމެ ފުރަތަމަ މަރުހަލާއެވެ. އެހެންކަމުން ތޫނު ވަޅިއެއް ބޭނުންނުކޮށްފިނަމަ ވަރަށް ބޮޑަށް ތިމާގެ ވަގުތު ސަލާމަތްވާނެއެވެ. އަދި ފިޔާ ފަދަ ތަކެތި ކޮށާއިރު ތޫނު ވަޅިއެއް ބޭނުންކުރާނަމަ ލޮލަށް އޭގެ ދިލަ އެރުމުންވެސް ދުރުކޮށްދޭނެއެވެ. ސަބަބަކީ ކޮށި ވަޅިއެއް ބޭނުންކުރާއިރު ފިޔާތައް މާބޮޑަށް ޗިސްޗިސްވާނެއެވެ. އޭރުން ދިލަ އަރާލެއްވެސް އިތުރުވާނެއެވެ.

އަލުވި ތެލުލުމުގެ ކުރިން ފިނިފެނަށް ލުން

"When making fries, hash browns, or other potato dishes from scratch, cut or grate your potatoes and immediately put the pieces into ice-cold water. This does two things: It prevents potatoes from turning pink or brown and removes some of the starch, which makes potato products fluffier." —Rachel Beth, Facebook "I used to work at Five Guys and that's how they get their fries to be crispy on the outside and fluffy on the inside. They soak them in ice cold water until they're not starchy anymore." —Arlene Haskins, FacebookAnd don't forget to pat dry the excess moisture.

އަލުވި ތެލުލާއިރު ބޭނުންވާ ވަރަށް މުރަނަ ނުވެ، ވަކަވެފައި ހުންނަތަން ފެނޭހެއްޔެވެ؟ އަދި އަލުވިތައް ކޮށާ ނިންމާލާފައި އިރުކޮޅަކުން ބަލައިލާއިރު އަލުވިތަކަށް ފިޔާތޮށިކުލަ އަރާފައި ހުންނަތަންވެސް ފެންނާނެއެވެ. މި ދެކަމުގެވެސް ހައްލަކީ އަލުވިތައް ފިނިފެނަށްލުމެވެ. އެގޮތަށް ފިނިފެނަށް ލާފައި އަލުވި ތެލުލުމުން އަލުވިތައް ހުންނާނީ ވަަކަނުވެ ވަރަށް ރީތިކޮށް ފުފިލާފައެވެ. ސަބަބަކީ އެގޮތަށް ކަން ކުރުމުން އަލުވީގައި ހުންނަ ހަކުރުގެ އެއްބައި ނެތިދެއެވެ. އަލުވިތައް ފުފި މުރަނަވުމަށް މެދުވެރިވާ ސަބަބަކީ އެ ބައިތައް ނެތިދިއުމެވެ.

ޕާސްތާ ކައްކާފައި ފެންގަނޑު އޮއްސާލުމަށްފަހު އަލުން ނުދޮންނާށެ

"Rinsing pasta removes the natural starch from the surface of the noodles and the sauce won’t stick as well." —MrsSwan

ޕާސްތާ ކެއްކުމަށްފަހު އޭގެ ފެންގަނޑު އޮއްސާލުން ކެކިފައި ހުންނަ ޕާސްތާ ދޮވުމަކީ ބައެއް މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ކެއްކުމަށްފަހު ޕާސްތާ ދޮވެފިނަމަ އޭގައި ހުންނަ ސްޓާޗްގެ ބައި ފިލައިދާނެއެވެ. އަދި ޕާސްތާގައި ސޯސް ގަނޑު ރީތިކޮށް ހަރުލާފައި ހުންނާނީ ޕާސްތާ ނުދޮވެ ބެހެއްޓީމައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.