މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ވެބްސައިޓާއި، މުޅިން އަލަށް ލޯންޗް ކުރި މޯބައިލް އެޕްލިކޭޝަން ދައްކާލައިފިއެެވެ.

މިއަދު ހެނދުނު ވެލާނާ އެއާޕޯޓްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓްގެ އާ ވެބްސައިޓާއި، މޯބައިލް އެޕް ލޯންޗްކޮށްދެއްވީ އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހުއެވެ.

އަލަށް ލޯންޗް ކުރެވުނު އެ ވެބްސައިޓަކީ ވަރަށް ފަސޭހަ ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެއް ކަމަށާއި އެ ވެބްސައިޓަކީ ބަލާލަން ފަސޭހަވާނެހެން، ނެވިގޭޝަނަށްވެސް ފަސޭހަ ގޮތަކަށް ޑިޒައިން ކޮށްފައިވާ ވެބްސައިޓެއްކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.

މި ވެބްސައިޓުގައި ތިން ކޮންޕޮނެންޓެއް ހިމެނޭއިރު، ފަސިންޖަރުންނަށް ހާއްސަ ކޮމްޕޮނެންޓަކާއި، ކޯޕަރޭޓް ކޮމްޕޮނެންޓް އާއި ޑެވެލޮމެންޓް ކޮމްޕޮނެންޓެއް ހިމެނެއެވެ. މި ވެބްސައިޓުގައި ހިމެނޭ ފަސިންޖަރުންގެ ކޮމްޕޮނެންޓުގައި، އެ ފަރާތްތަކުން ބޭނުންވާ މުހިންމު މައުލޫމާތުތައް ލިބޭނެއެވެ. އޭގެ ތެރޭގައި ފްލައިޓްތަކުގެ ގަޑިތަކާއި، އެއާޕޯޓުން ލިބޭ ހިދުމަތްތަކުގެ އިތުރުން، އެއާޕޯޓްގެ މެޕް ފަދަ މައުލޫމާތުތައް ލިބެން ހުންނާނެއެވެ. 

ކޯޕަރޭޓް ކޮމްޕޮނެންޓަށް ބަލާއިރު، އެމްއޭސީއެލްގެ ޕްރޮފައިލް އާއި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ޓެންޑާ އަދި މީޑިއާ ގެލަރީ ފަދަ އެއްޗެހި ފަސޭހަކޮށް ބަލައިލެވޭނެއެވެ. އަދި ޑެވެލޮޕްމެންޓް ކޮމްޕޮނެންޓްގައި ހިމެނެނީ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމާއި އެފަދަ މަޝްރޫއުތަކާއި ގުޅޭ މައުލޫމާތުތަކެވެ.

މީގެ އިތުރުން ވެލާނާ އެއާޕޯޓަށް އަރައި ފޮޓޯ ފަދަ އެއްޗެހި ނަގާ، ހޭޝްޓޭގް ބޭނުންކޮށްގެން އިންސްޓަގްރާމް ކުރާ ފޮޓޯތައްވެސް މި ވެބްސައިޓު މެދުވެރިކޮށް މުޅި ދުނިޔެއަށް ފެނިގެން ދާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. 

އަލަށް ނެރުނު މޯބައިލް އެޕަކީ ވެލާނާ އެއާޕޯޓަށް ހާއްސަކޮށް ނެރުނު އެންމެ ފުރަތަމަ މޯބައިލް އެޕްލިކޭޝަނެވެ. މިއީ ފަސިންޖަރުންނަށް އެ ބޭފުުޅުންގެ ފޯންގެ ޒަރިއްޔާއިން އެ އެއާޕޯޓުން ދޭ ހިދުމަތްތައް އެނގެން ހުންނަ މޯބައިލް އެޕްއެކެވެ. މި އެޕް މެދުވެރިކޮށް ފްލައިޓް ޝެޑިއުލް، ފްލައިޓް ޓްރެކިންގ، އެލާޓް، ނޮޓިފިކޭޝަން ފަދަ ފަސޭހަ ހިދުމަތްތައް ލިބެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.