ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އެއާޑްރޯމް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

އެއާޕޯޓްގެ އެކްސްޓެންޝަން މަސައްކަތުގެ ބައެއްގެ ގޮތުގައި ތަރައްގީކުރި މިތަން، މިއަދު އެކަމަށް ހާއްސަކޮށް ބޭއްވުނު ރަސްމިއްޔާތެއްގައި، ހުޅުވައިދެއްވީ އެމްއޭސީއެލްގެ ބޯޑް ޑައިރެކްޓަރ އިބްރާހިމް ނޫރައްދީނެވެ. ދެ ބުރީގެ އެ އިމާރާތަކީ ދިވެހި ކުންފުންޏަކުން ތަރައްގީކޮށްފައިވާ ތަނަކަށް ވާއިރު، ކުރީގެ އެއާޑްރޯމް އިމާރާތަށްވުރެ އެތަން ބޮޑެވެ. 

އާ އެއާޑްރޯމް ތަރައްގީކުރަން  11 މަސް ދުވަސް ނެގިއިރު އެތަން އިމާރާތް ކުރުމަށް ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވިއެވެ. އަދި މިތަން ހުޅުވިގެން ދިޔައީ އެއާޕޯޓްގެ އޮޕަރޭޝަންގެ ހިދުމަތް ރަނގަޅު ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުޅި އެއާޑްރޯމް ސަރަހައްދު ބަލަހައްޓާނީ، އަލަށް ހުޅުވުނު އޮފީހުން ކަމުގައި އެމްއޭސީއެލް އިން ބުނެފައިވެއެވެ. އެގޮތުން ރަންވޭ އައި ވަށައިގެންވާ ސަރަހައްދުގެ ހުރިހާ އެއްޗެއް ބަލަހައްޓަމުންދާނެ އެއް އޮފީހަށް މިތަން ވެގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.