މާލޭގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ބިރުދެއްކުމަށް ފަހު ބައިލައްކަ ރުފިޔާ ފޭރިގަނެފިއެވެ.
ފައިސާތައް ފޭރިގަނެފައި ވަނީ ހެންވޭރު ލަންސިމޫ ގޯޅިން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުންނެވެ.
ފުލުހުން ވިދާޅުވީ، ފައިސާތައް ފޭރުގަތީ 20 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށާއި އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ހެލްމެޓް އަޅައިގެން ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު ފައިސާތައް ފޭރިގަނެގެން ދުވަފައި ދަނިކޮށް، އެވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.