އެޕްރިލް 6 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓުން އަންނަ މެއި މަހުގެ ފަސްވަނަ ދުވަހުގެ ކުރިން މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަންސް އިން އިލްތިމާސްކޮށްފިއެވެ. 

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައިސް އަހުމަދު ޝަރީފް ވިދާޅުވީ 19ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ވީހާވެސް އަވަހަށް އާންމު ކުރަންޖެހޭ ކަމަށެވެ.

އިންތިހާބުގައި ވާދަކުރެއްވި ފަރާތްތަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ކަމަށް ގާނޫނޫގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވަނީ މެއި މަހުގެ ފަސްވަނަ ދުވަަހަށެވެ. 

އިލެކްޝަންސް ކޮމިޝަންއިން ހާމަ ކުރައްވާ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި 302 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 27 ފަރާތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.