ޕްރިންސް ހެރީއާއި މޭގަން މާރކްލްގެ ދަރިފުޅަށް އެއްވެސް ވަރަކަށް މަސްކާން ނުދޭ، ވީގަން އެއްގެ ގޮތުގައި ބޮޑުކުރަން އެދެމަފިރިން ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނަން ފަށައިފިއެވެ.

އިނގިރޭސި ވިލާތުގެ ރާނީ، ކުއީން އެލިޒަބަތްގެ މާމަ ދަރިފުޅު ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލްގެ ފުރަތަމަ ދަރިފުޅު ގެންގުޅެން ބޭނުންވަނީ އެއްވެސް ވަރަކަށް މަސްކާން ނުދީ، ވީގަން އެއްގެ ގޮތުގައި ކަމަށް ވާހަކަދެކެވެން ފަށައިފިއެވެ. މިހެން ކިޔެން ފެށި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މޭގަން އަބަދުވެސް ވީގަން ޑައެޓެއްގެ މަތީގައި ހުރުމާއި، މާބަނޑު ދުވަސްވަރުގައިވެސް އޭނާ އެއްވެސް ކަހަލަ މަހެއް ނުކެއުން ހިމެނެއެވެ. މީގެ އިތުރުން ހެރީވެސް އަންނަނީ މި ޑައެޓަށް ބަދަލު ކުރަމުން ކަމަށް މީހުން ބުނެއެވެ. 

ރިޕޯޓުތަކުން ބުނާގޮތުން ކުއީން އެލިޒަބަތް އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ. 

މިދިޔަ އަހަރުގެ މޭ މަހުގައި ޕްރިންސް ހެރީއާއި ކައިވެނި ކުރި ފަހުން މޭގަން މާކްލް ވަނީ އިނގިރޭސި ވިލާތުގެ ރަސްކަމުގައި ކުރުމަށް ކުރިން ތާއީދު ނެތް ކަންކަން އެ އާއިލާގެ ތެރެއަށް ގެނެސްފައެވެ. އަނެއްކާވެސް މިއޮތީ އެފަދަ ދަނޑިވަޅެއް އައިސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.