މާލޭގައި އާއްމުކޮށް މޫދަށް އެރޭ ތިން ސަރަހައްދުގެ ލޮނު ޓެސްޓްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އެދެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި މޫދުއެރުމަށް ހާއްސަކޮށް ހެދި ރަސްފަންނު ސަރަހައްދުން ނަޖިސް ފެންނަ މައްސަލަ ބޮޑުވެގެން އެތަން ބަންދުކުރިފަހުން ދުވަސްކޮޅެއް ވެއްޖެއެވެ.
އާޓިފިޝަލް ބީޗް ސަރަހައްދަށާއި ފަތާ ޓްރެކަށްވެސް ގިނަ އަދަދަކަށް މީހުން މޫދު އެރި އުޅޭއިރު އެތަންތަނުގައި ވެސް ނުރައްކާތެރި ކުނިބުންޏާއި ނަޖިސް ހުންނަ ވާހަކަ އާންމުން އެކިފަހަރު މަތިން ވަނީ ދައްކާފައެވެ.
މާލޭގެ ސަރަހައްދުތަކަށް މޫދު އެރުމުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން މީހުންނަށް ބަލިބަލި ޖެހިފައިވާކަމުގެ ވާހަކަތައް މީސް މީޑިއާގައިވެސް ދައުރުވެފައިވެއެވެ.