ކޮންމެ ޕާޓީއަކުން ކުރިމަތިލާފައިވާ މެމްބަރަކަށް ވިޔަސް، މަޖިލީޖަށް އިންތިހާބުވާ ހިސާބުން އަމިއްލަ އެދުންތަކާއި، ޕާޓީގެ ޙިޔާލުތަކަށް ދޫކޮށް އެހިސާބުން މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމުގައި ސްރީލަންކާ ގެ ރައީސް މައިތިރިޕާލާ ސިރީސެނާ ވިދާޅުވެއްޖެ އެވެ. 

ޕޮލޮންނަރުވަ ކައުންސިލްގެ އާ އިމާރާތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ އިންތިހާބުގައި ކޮންމެ ޕާޓީއަކުން ކުރިމަތިލައި ކޮންމެ ޕްލެޓްފޯމެއްގައި ހޮވުނު ނަމަވެސް ރައްޔިތުންގެ ބޭނުންތައް މަޖިލީހުގެ ތަޅުމާ ހަމައަށް ގެނެސްދީ އެކަންކަމުގައި ބަހުސްކޮށް ހައްލެއް ހޯދަން މެންބަރުން މަސައްކަތް ނުކުރާނަމަ ރައްޔިތުންނަށް ދިމާވާ ދަތިކަން އިތުރުވެ ކަންކަން ދެނެގަންނަން ސަރުކާރަށް އުނދަގޫވާނެ ކަމަށެވެ. 

"ކަން މިހެން އޮތްއިރު ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ އެ ރައްޔިތުން ތަމްސީލުކުރާ މެންބަރުންގެ ވާޖިބެއް"، ރައީސް ސިރީސެނާ ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ތަރައްގީއަށާއި ކުރިއެރުމަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އިންތިހާބުވެގެން އަންނަ މެންބަރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާދިނުމުގައި ފަރުވާ ކުޑަކޮށް އެކަމުގައި ފެއިލްވުމުގެ ސަބަބުން ކަން ސްރީލަންކާގެ ރައިސްވަނީ ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.