ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ ކަމެއް ކެންޑިޑޭޓަކު ފާހަގަ ނުކުރަނީސް، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިޚާބުގެ ވޯޓު އަލުން ނުގުނޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.  

މިފަހަރުގެ އިންތިހާބުގައި ބާތިލް ވޯޓު ގިނަވުމާ ގުޅިގެން ނާކާމިޔާބުވި ގިނަ ކެންޑިޑޭޓުން ވަނީ ބާތިލް ވޯޓު އަލުން ގުނުމަށް އެދިފައެވެ. ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ ކަމެއް ކެންޑިޑޭޓަކު ފާހަގަ ނުކުރަނީސް ވޯޓު އަލުން ނުގުނޭނެ ކަމަށާއި ވޯޓު ގުނުމަކީ ކުޅޭ ކުޅިވަރެއް ކަމަށް ހަދައިގެން، އެކަން އެގޮތަށް ކުރުމަށް ނޭދުމަށް އީސީން ވަނީ އެދިފައެވެ. 

މިހާރުވެސް ފަސް ދާއިރާއެއްގެ ފޮށީގެ ސެކިއުރިޓީ ސީލް ކެނޑުމަށް ފަހު ވަނީ ވޯޓު ގުނާފައެވެ. އަދި އެ ފަސް ދާއިރާއަށް އިންތިޚާބުވި ކެންޑިޑޭޓުންނަށް ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

އާންމު އިންތިޚާބަށް އީސީއިން ތައްޔާރުކުރި ވެބްސައިޓުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބާތިލް ވޯޓުގެ ގޮތުގައި މިފަހަރު 4،852 ވޯޓު ހިމެނެއެވެ. މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ބާތިލް ވޯޓުގެ އަދަދަކީ 3,132 އެވެ.

މި އިންތިހާބުގައި ބާތިލް ވޯޓު އެންމެ ގިނަވީ، 170 ވޯޓާ އެކު، ވެލިދޫ ދާއިރާގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.