ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބާސެލޯނާއިން މެންޗެސްޓާ ޔުނައިޓެޑް ބަލިިކޮށް ސެމީ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 1-0 ނަތީޖާއަކުންނެވެ. 

މެޗު ފަށައިގެން ބާސާއިން ކުޅުނީ އެޓީމު އާންމުކޮށް ކުޅެމުންދާ ޕާސިން ގޭމެވެ. ނަމަވެސް ޔުނައިޓެޑުން ބެލީ ކައުންޓާ އެޓޭކްގައި ހަމަލާ އުފެއްދުމަށެވެ.

ބާސާއިން މެޗުގެ ލީޑު ނެގީ މެޗުގެ 12 ވަނަ މިނެޓުގައެވެ. މެސީގެ ރީތި އެސިސްޓަކުން އެ ކޯލު ކާމިޔާބުކޮށްދިނީ ޝުއަރޭޒްއެވެ. 

މެޗުގެ ލީޑު ނެގުމަށް ފަހުވެސް ބާސެލޯނާއިން ވަނީ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް މެޗު ނިމިގެން ދިޔައިރު ބާސާއަށްވެސް އަދި ޔުނައިޓެޑަށްވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.