އިންތިހާބުތަކުގައި ފައިސާ ހަރަދުކުރެވޭނ ގޮތްތައް ކަނޑައަޅައި، އެކަމަށް ހަދަންޖެހޭ ގާނޫނު ތައްޔާރު ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށާނެ ކަމަށް އިލްކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ. 

އީސީގެ މެމްބަރު އަދި މެމްބަރު އަދި އެކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެފައިވާގޮތުގައި އެ ކޮމިޝަނުން "ކެމްޕޭން ފައިނޭންސް އެކްޓް" ގެ ނަމުގައި ގާނޫނެއް ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށާނެއެވެ. 

އަކްރަމް ވިދާޅުވި ގޮތުގައި، އެ ފައިނޭންސް އެކްޓް އެކުލަވާލުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިންމާލެވި އެ ބިލް މަޖިލީހަށް ހުށަހެޅޭވަރު ވާނެއެވެ. 

މި ގާނޫނު ހެދުމަށްޓަކައި ޔޫއެންޑީޕީ، ޓްރާންސްޕޭރެންސީ އަދި އެންޓި ކޮރަޕްޝަންކޮމިޝަނުގެ އެހީތެރިކަން ހޯދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. މީގެ އިތުރުން އަކްރަމް ވިދާޅުވީ، ކެމްޕެއިން ފައިނޭންސްގެ ގާނޫނުތަކުގެ ތެރެއިން އެންމެ ރަނގަޅީ ފިިލިޕިންސްގެ ގާނޫނުކަމަށް އޭނާއަށް ފެންނަ ކަމަށާއި، އެހެންކަމުން އެގައުމުނަްްވެސް ފަންނީ ގޮތުން އެހީތެރިކަން ހޯއްދެވުމަށް ވަނީ ނިންމާފައިކަމަށް އޭނާ ވިދާޅުވިއެވެ. 

ނިމިގެންދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އީސީގެ ހަރަކާތްތެރިވުމަށް އާންމުންވެސް ތައުރީފުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.