ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އަޔެކްސްއިން ޔުވެންޓަސް ހިފަހައްޓައިފިއެވެ.

އަޔެކްސްގެ ޔޯހަން ކްރައިފް އެރީނާގައި ރޭ ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

1996 ވަނަ އަހަރަށްފަހު، ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގެއް ކާމިޔާބު ކުރެވިފައި ނުވާއިރު އެޓީމުން ވަނީ ފަސް އަހަރު ތެރޭގައި ދެފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައެވެ. 

މެޗު ފެށިގެން ރަނގަޅަށް ކުޅުނީ އަޔެކްސްއިންނެވެ. ނަމަވެސް މެދުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް، ޔުވެންޓަސްއިން ވަނީ ލީޑު ނަގައިފައެވެ. އެ ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ  ރޮނާލްޑޯ އެވެ. އެ ގޯލާއި އެކު ރޮނާލްޑޯ މިވަނީ އޭނާގެ ރެކޯޑް މައްޗަށް ޖައްސާލައިފައެވެ. އެގޮތުން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކުޅުނު 161 މެޗުން 125 ގޯލް ރޮނާލްޑޯ ޖަހާފައިވާ އިރު، އޭނާއަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ.

މެޗުގެ ދެވަނަ ހާފް އަޔެކްސްއިން ފެށީ ރަނގަޅު ކުޅުމަކުންނެވެ. ނަތީޖާއެއްގެ ގޮތުން ވަރުގަދަ ޔުވެންޓަސްގެ ގޯލު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ފޫއަޅުވާލައި އަޔެކްސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އަޔެކްސްގެ ގޯލި ކާމިޔާބުކޮށްދިނީ ޑޭވިޑް ނެރޭސްއެވެ.

ޔުވެންޓަސްއާއި އަޔެކްސް ނަތީޖާ ނެރުމަށް ކުޅޭ ދެވަނަ ލެގު އޮންނާނީ މިމަހުގެ 16ގައި ޔުވެންޓަސްގެ ދަނޑުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.