ދިވެހިރާއްޖޭގެ ގުޅުން ޕީއެލްސީ، ދިރާގު އަހަރީ އާއްމު ޖަލްސާ މި މަހު ބާއްވާއިރު، ސްޓޭޑް ޓްރޭޑިންގް އޯރގަނައިޒޭޝަން، އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގު އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) ބާއްވަން ތާވަލްކޮށްފައި އޮތީ މިމަހު 25 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގަ އެވެ.

އެ ކުންފުނިން ވަނީ އޭޖީއެމްގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން "އިންފިނިޓީ ޑޮޓްއެމްވީ" އިން ރަޖިސްޓްރީކޮށް ނުވަތަ އިންވެސްޓާ ރިލޭޝަން އެޓް ދިރާގު ޑޮޓްކޮމް ޑޮޓްއެމްވީއަށް އީމެއިލް ފޮނުވައިގެން ވެސް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފަ އެވެ.

ދިރާގުން ވަނީ އެ ކުންފުނީގެ ހިއްސާދާރުންނަށް އެކުންފުނީގެ ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 905 މިލިއަން ރުފިޔާ، ބަހަން ނިންމާފައެވެ. ލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމާފަ އެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.