މިއަދު ފަތިހުގެ ވަގުތެއްގައި މ.މުލަކުގެ ބޯޓު ޔާޑު ސަރަހައްދުގައި އަލިފާން ރޯވިކަމަށް ސިފައިން ވިދާޅުވެއްޖެއެވެ.

ސިފައިންނަށް މި ޚަބަރު ލިބުނީ 04:17 ހާއިރުގައެވެ. ސިފައިންނަށް މައުލޫމާތު ލިބުމާގުޅިގެން އެތަނަށް ދެވުން އިރު ބޯޓު ޔާޑު ސަރަހައްދުގައި ހަދަމުން ދިޔަ 22ފޫޓުގެ ޑިންގީއެއްގައި ރޯވެ އަނދަމުންދިޔައެވެ. ސިފައިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން މީހުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 04:45 ހާއިރު ވަނީ އަލިފާން ނިވާލެވި، ކޮންޓްރޯލް ކުރެވިފައެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިންކަމެއް އަދި އެނގިފައެއް ނުވެއެވެ. މި ހާދިސާ ހިނގި ސަބަބު އަދި އޮޅުން ފިލާފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.