ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

17ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އީވާ ފާހަގަވެގެން ގޮސްފައިވައިވަނީ އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރައްވާ މެންބަރެއްގެ ގޮތުގައެވެ. ތިންވަނަ ދައުރަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީން ފުރުސަތު ދެއްވައިފިނަމަ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވަން ތައްޔާރުކަމަށެވެ. 

އީވާ ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަކީ ވަރަށް ޤާބިލް ބޭފުޅެއްކަމަށެވެ. އަދި ރައީސް ނަޝީދުވެސް އަސްލަމް މަޖިލީހުގެ ރައީސްކަމަށް ގެންނަން ބޭނުންފުޅުވެލައްވާކަށެވެ.

އީވާ ވިދާޅުވީ މަޖިލިސް ނައިބު ރައީސްކަމަށް އެމްޑީޕީގެ އިތުރު މެންބަރަކު މަޖިލިސް  ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އެނގިނުލައްވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.