މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ބޮޑު އަޣުލަބިއްޔަތެއް ފެންބޯން ބޭނުންކުރަނީ ޕްލާސްޓިކް ފުޅީގެ ފެނެވެ. މި ގޮތަށް ޕްލާސްޓިކް ފުޅީގެ ފެން ބޭނުންކުރާ ގިނަ މީހުންނަކީ އެ ފުޅި ބޭނުންކުރުމަށްފަހު އޭތި ކުނީގެ ގޮތުގައި އެއްލާލައި ނުވަތަ ކުނި ގެންދާ ފަރާތްތަކާ ހަވާލުކުރާ މީހުންނެވެ. މިފަދަ މީހުންނަށް ނޭނގިނަމަވެސް އެއްލާލެވެނީ ފަހުން ބޭނުން ހިފޭނެ، އަގުހުރި އެއްޗެކެވެ.

ބައެއް މީހުންނަށް ކުރެވިފައިވާ ކުށްހީއަކީ، ހުސްކުރެވިފައިވާ ޕްލާސްޓިކް ފުޅިއަކީ އެއްވެސް ބޭނުމެއް ނުހިފޭ ބޭކާރު އެއްޗެކެވެ. ނަމަވެސް އަސްލުގައި ޕްލާސްޓިކް ފުޅިއަކީ ވަރަށް ގިނަ ކަންތައްތައް ކުރުމުގައި ބޭނުން ކުރެވޭނެ އެއްޗެކެވެ.

ހުސްފުޅިން ކުރެވޭ ބައެއް ބޭނުން

  • ކުލަފަންސޫރު، ސަމުސަލާއި އޫ އަޅާ ތައްޔާރުކުރުން
  • ސީރިއަލްފަދަ ކާނާ އަޅާނެ ދަޅެއްގެ ގޮތުގައި ބޭނުން ކުރުން
  • ގަސްއިންދާ ޕޮޓް ހެދުން
  • ގަހަށް ފެންދޭ މަލެއް ހެދުން
  • ލާރިއަޅާ ދަޅެއް ހެދުން
  • ލޭމްޕެއް ހެދުން
  • ކުނިއަޅާ ޑަސްޓްބިނެއް ހެދުން
  • ކުޑަކުދިންނަށް ކުޅޭ އެއްޗެހި ހެދުން
  • ޖޫސް ގިރާފައި އެޅުން
  • ކޮފީ ގިރުން
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.