ކުރަފިދެކެ ބިރުގަތުމަކީ އިންސާނުންގެ ތެރޭގައި ވަރަށް ޢާންމު ކަމެކެވެ. ދިވެހިންގެ ތެރެއިންވެސް ކުރަފިދެކެ ބިރުގަންނަ މީހުންގެ އަދަދު ވަރަށް ގިނައެވެ. އޭގެ ތެރެއިން ވަކި ޖިންސެއް ނެތެވެ. ބައެއް މީހުންނަށް ހީވަނީ ކުރަފި ދެކެ ބިރު ގަންނަނީ ހަމައެކަނި އަންހެނުން ކަމަށެވެ. ނަމަވެސް ބައެއް ފިރިހެނުންނަކީވެސް ކުރަފި ފެނުމުން އާދަޔާ ޚިލާފަށް ހާސްވެ، ނުތަނަވަސްކަން އިހުސާސްކުރެވޭ މީހުންނެވެ.

އިނގިރޭސި ބަހުން ކުރަފިދެކެ ބިރުގަތުމަށް ކިޔަނީ ކެޓްސަރިޑަފޯބިއާއެވެ. ކުރަފިދެކެ ބިރުގަތުމަށް މެދުވެރި ކުރުވާ ސަބަބުތައް ބައިވަރެވެ. އެކި މީހުން ކުރަފިދެކެ ބިރުގަންނަނީ އެކި ސަބަބުތަކާ ހުރެއެވެ. އެހެނަސް މިފަދަ ސަބަބުތަކުގައިވެސް އާންމުކޮށް މީހުން ބިރުގަންނަ ސަބަބުތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ކުރަފި ފަތުރާ ތަފާތު ނުރައްކާތެރި ބަލިތަކުގެ ސަބަބުން ބިރުގަތުމާއި، ހަލާކުވެ ކުނިވެފައިވާ ކާނާ ކުރަފި ކާތީ ބިރުގަތުމާއި އަދި ކުރަތްޕަށް އުދުހެވޭތީ ބިރުގަތުން ހިމެނެއެވެ.

އާންމުކޮށް ކުރަފިދެކެ ބިރުގަންނަނީ އޯ.ސީ.ޑީ ނުވަތަ އޮބްސެސިވް ކޮމްޕަލްސިވް ޑިސޯޑަރ އެމީހެއްގެ ގައިގައި ހުންނަ މީހުންނެވެ. އޭގެ ސަބަބުން ކުރަފި ފެނުމުން ކުއްލިއަކަށް އެމީހުންނަށް ހާސްކަމާއި ނުތަނަވަސްކަން ވެރިކުރުވައެވެ. ކެޓްސަރިޑަފޯބިއާ ހުންނަ ބައެއް މީހުންނަކީ ކުރަފިދެކެ ގަންނަ ބިރުގެ ސަބަބުން އަނދިރި ތަންތަނަށާއި، ގުދަންތަކަށް ވަންނަން ޖެހިލުންވެ، އެކަންކުރަން ކުޅަދާނަވެގެންނުވާ މީހުންނެވެ.

ބައެއް މީހުން ކުރަފިދެކެ ގަންނަނީ އަދި އަމަށަކު ބިރެއްނޫނެވެ. ކުރަތްޕެއް ދުވާ އަޑު އިވުނަސް ކައިރީގައި ހުރި ހުސްތަނަކަށް ފުންމައިގެން އަރާ މީހުންގެ އަދަދުވެސް މަދެއްނޫނެވެ. ކުރަފިދެކެ ބިރު ގަންނަ މީހުންގެ ކިބައިން ފެންނަ ބައެއް އަލާމާތްތަކުގެ ތެރެއިން ކުރަފި ފެނުމުން، ބޯ އަނބުރައި ހޮޑުލެވުން، ތުރުތުރުލުން، ނޭވާލާން ދަތިވުން، ހިތްތެޅޭ މިންވަރު އަވަސްވުން، އުނދަގޫވުން، ދާހިއްލުން، ހަޅޭލެވުމާއި ރޮއި ހޭރުން ފަދަ ކަންކަން ހިމެނެއެވެ.

ކުރަފިދެކެ ބިރުގަތުމަކީ އެއީ ވަރަށް ޢާންމުކަމެއް ކަމުން އެކަމާ ލަދުގަންނާކަށް ނުޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.