ހުޅުމާލޭ ޖަލުގައި ގާއިމްކޮށްފައި ހުންނަ ޑިޓެންޝަން ސެންޓަރުގައި އަލަށް ހެދި ޔުނިޓް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ މިއަދު ހުޅުވައިދެއްވައިފިއެވެ.

މިނިސްޓްރީއިން ހާމަކުރައްވާ ގޮތުގައި މިއަދު ހުޅުވި ގޮޅިތަކުގައި ގިނަވެގެން ބައިތިއްބާނީ 20 މީހުންނެވެ. އަދި ނިދުމަށްޓަކައި ކޮންމެ ގޮޅިއެއްގައި ބަންކް ބެޑެއް ބެހެއްޓިފައި ހުންނާނެކަަމަށްވެސް މިނިސްޓްރީއިން ހާމަކުރައްވައެވެ. 

28 ފޫޓް ދިގު 17 ފޫޓްގެ ފުޅާ، ދެ ގޮޅި ހިމެނޭ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޔުނިޓްގެ ކުރިމަތިން ހުސްޖާގަ އޮންނަ ގޮތަށެވެ. ދުވާލުގެ ވަގުތުތަކުގައި ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި، ގޮޅިން ބޭރުގައި ވަގުތު ހޭދަކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ހުސްބިމުގައި ކައިބޮއި ހެދުމަށްޓަކައި މެސްރޫމެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މި ސެންޓަރުގެ ތެރޭގައި ނަމާދު ކުރުމަށްޓަކައި ވެސް ވަކި ޔުނިޓެއް ހާއްސަ ކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލެވެންދެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ބައިތިއްބާ ތަނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.