އަންނަ މަހުން ފެށިގެން ކަރަންޓުގެ އަގުހެޔޮވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ބުނެފިއެވެ.

މީގެ ކުރިން ރައީސް ސާލިޙް ވަނީ މާރިޗް މަހުން ފެށިގެން ކަރަންްޓްގެ އަގު ހެޔޮކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ސްޓެލްކޯއިން ހާމަ ކުރައްވާ ގޮތުގައި ރައީސް ސާލިޙް އެހެން ވިދާޅުވިއިރު، އެމަހުގެ ބިލްތަކުގެ ރީޑީންވަނީ ވަނީ ނަގައި ބިލް ތައްޔާރުކޮށްފައެވެ. 

މިފަަރު މިގެންނަ ބަދަލުތަކާއި އެކު މާލޭގެ ގޭބީސީތަކުގެ ކަރަންޓް ބިލްތައް އަގުހެޔޮވެގެން ދާނެއެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ކަަރަންޓް ބިލްތައް އަގު ބޮޑުވާހަކަ ރައްޔިތުން ދެއްކުމުން އެސްޓިއޯއިން ބުނެފައިވަނީ އެއިރު ކަރަންޓުގެ އަގުބޮޑުވީ ރާއްޖެއަށް އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *