ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިތުރު 14 ޗެކިން ކައުންޓަރު ބަހައްޓައި ހިދުމަތް ދޭން ފަށައިފިއެވެ. މި ހިދުމަތް ރަސްމީގޮތުން ފެށުމަށް އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މިއަދު ހުޅުވި 14 ކައުންޓަރަކީ"14 ހިނިތުންވުން" ކަމަށާއި، އަދި އެ ކައުންޓަރ ތަކުން ރައްޔިތުންނަަށް ފުރިހަމަ ހިދުމަތް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ދިވެހި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އުފާވެރި ހުވަފެނީ މަންޒިލްގެ ފެށުމަކީ ވެސް ނިމުމަކީ ވެސް މިއީ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރާއްޖެ އަންނަ ޓޫރިސްޓެއްގެ ހުވަފެނެއް ނުއެއް ނިމޭނެ. އޭނަ އަނެއްކާވެސް އަނބުރާ އަންނާނެ. އެހެންވީމަ އޭނަ ފުރައިގެންދާންވާނީ އުފާވެރިކަންމަތީގައި،" އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު ވިދާޅުވީ، މި ކައުންޓަރުތައް ހުޅުވީ އެމްއޭސީއެލްގެ 53 ވަނަ އަހަރާ ދިމާކޮށް ކަމަށެވެ. އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އަދި ތިން އަހަރު އެބައޮތް ކަމަށާއި އެހެންކަމުން އެ މުއްދަތުގައި ވެސް ފަސިންޖަރުންނަށް ދޭ ހިދުމަތް ބުރޫއެރުމެއް ނެތި ދިނުމަށްޓަކައި އާ ކައުންޓަރުތަކެއް ހުޅުވުން މުހިއްމު ކަމަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިއީ ފަސިންޖަރުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމަށް އަލަށް ބެހެއްޓި ކައުންޓަރުތަކާ އެކު މިހާރު އެއާޕޯޓުގައި 42 ކައުންޓަރު ހުންނާނެ ކަމަށެވެ. މި އިތުރުވުމާ އެކު އިތުރު 400 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ބެލެވޭ އިރު އެފަރާތްތަކަށް ފަސޭހަކަމާ އެކު ހިދުމަތް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.