ބޮލީވުޑްގެ ތަރި ވަރުން ދަވަންގެ ލޯބިވެރިޔާ މަރާލާނެ ކަމުގެ އިންޒާރުދިން އިންޑިއާގެ އަންހެނެއްގެ މައްސަލަ އެ ގައުމުގެ ފުލުހުން ބަލަމުން އެބަދެއެވެ.

ވަރުންގެ ލޯބިވެރިޔާ ނަތާޝާ ދަލާލް މަރާލާނޭ ކަމަށް އިންޒާރު ދީފައިވަނީ ވަރުންގެ ސަޕޯޓަރެކެވެ. އޭނާ ވަނީ މިދިޔަ ހުކުރު ދުވަހު ރޭ 9:30 ހާއިރު ވަރުންގެ ގެ ކައިރިއަށް ގޮސް އޭނާއާއި ބައްދަލުނުކޮށްފިނަމަ، ނަތާޝާ މަރާލާނެ ކަމަށް އިންޒާރު ދީފައެވެ.

ވަރުުންގެ ލޯބިވެރިޔާގެ އިތުރުން އެ އަންހެން މީހާ ވަނީ ނަތާޝާގެ އާއިލާއަށްވެސް އިންޒާރު ދީފައެވެ. މި ދެ މައްސަލައިގެ އިތުރުން، އަމިއްލައަށް މަރުވާނެ ކަމަށް ބުނި މައްސަލައެއްވެސް އިންޑިއާ ފުލުހުން ދަނީ ބަލަމުންނެވެ.

އަންހެން މީހާ ވަރުންގެ ގެ ކައިރިއަށް މިދިޔަ ހަފްތާގައި ދިޔައެވެ. ވަރުންއާ ބައްދަލު ކުރުމުގެ މަގްސަދުގައި އެތަނުގައި އޭނާ ވަރަށް ގިނައިރުވަންދެން މަޑުކުރިއެވެ. އަދި ވަރުން އާއި އާއިލާ މީހުން ފެނުމުން އޭނާ އެ މީހުންނާއި ދިމާލަށް އެއްޗެހި ކިޔާ ހަޑިކޮށް މުހާތަބު ކުރިއެވެ. އެންމެފަހުން އޭނާގެ އުނދަގޫ ބޮޑުވެގެން އެގޭގެ ސެކިއުރިޓީ ގާޑް ވަނީ ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައެވެ. 

ބޮލީވުޑްގެ ތަރިންނަކީ އެމީހުންގެ ފޭނުންގެ ފަރާތުން ވަރަށް ގިނަ ދަތި އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ބައެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.