ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019ގެ ރަސްމީ ނަތީޖާ މިރޭ އިއުލާން ކުރަން ނިންމައިފިއެވެ.
މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ މިރޭ 21:30 ގައި އިންތިހާބީ މަރުކަޒުގެ ޓްރެއިނިންގް ހޯލްގައެވެ.
ނަތީޖާ އިއުލާން ކުރުމުގެ ކުރިން ނޫސްބެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށް އިލެކްޝަން ކޮމިޝަން، އީސީއިން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 65 ގޮނޑިއާއި އެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީއެއް ނަގާފައިވަނީ އެމްޑީޕީންނެވެ.