ފަނަރަ އަހަރުން ދަށުގެ އުމުރު ފުރައަށް ހާއްސަ ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ރާއްޖޭގެ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމްގެ ފަރާތުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ ވިދާޅުވީ އެ މުބާރާތުގައި ވާދަކުރާ ޓީމުތަކެއް އަދި ފައިނަލް ނުވާ ކަމަށާއި، މިއަހަރުގެ ޖުލައި މަހު މިމުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި މިހާރު ދަނީ އެ މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް އާދެވޭނެ ގައުމުތައް ބަލަމުން ކަމަށެވެ.

މިއީ ރާއްޖެގައި ފަނަރަ އަަހަރުން ދަށަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުވެސް މެއެވެ. އިހްސާން އަބްދުލް ގަނީ އިތުރަށް ވިދާޅުވީ، މުބާރާތަށް ރާއްޖޭގެ ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދަން، ސާންތީގެ އެދުމުގެމަތިން އިންޓަ ސްކޫލު މުބާރާތުން ފާހަގަ ކުރެވުނު ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. 

އެ މުބާރާތަށް ދޭނެ ވަކި ހާއްސަ ނަމެއް އަދި އެފްއޭއެމުން ކަނޑައަޅާފައި ނުވާއިރު، އެ މުބާރާތް ބާއްވާ ޖުލައި މަހަކީ ރާއްޖޭގެ މިނިވަން ދުވަސް ވެސް ފާހަގަކުރާ މެހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.