ކުރިއަށް އޮތް ހަތަރު އަހަރު ފަހުން ހަވީރު ގަޑީގައި ސައިކަލްގައި ބުރުޖަހާލަން ދެވޭ ވަރުގެ ތަނަކަށް ތިލަފުށި ހަދާނެ ކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދް އަބޫބަކުރު ވިދާޅުވީ، އެބޭފުޅާގެ އުންމީދަކީ ކުރިއަށް އޮތް ހަތަރު އަހަރު ނިމިގެން ދާއިރު، މާލޭގައި ދިރިއުޅޭ ރައްޔިތުން ހަވީރު ގަޑީގައި ސައިކަލްގައި ފިނި ބުރު ޖަހާލަން އާދެވޭ ކަހަލަ މަންޒިލަކަށް ތިލަފުށި ހެދުން ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް ތިލަފުއްޓަކީ މުސްތަގުބަލުގައި ކުރިއަށް އޮތް ހަތަރު ވަރަކަށް އަހަރު ނިމިގެންދާއިރު ހަވީރު ގަޑީގައި ހުޅުމާލެ އަށް އާއިލާ އާއިއެކު ސައިކަލްގައި ބުރުޖަހާލަން ދާ ގޮތަށް, މާލޭގައި ތިބޭ މީހުންނަށް ދުއްވާލަން އާދެވޭނެ ސާފު ތާހިރު ރީތި ރަށެއްގެ ގޮތުގައި މިތަން ތަރައްގީ ކުރުން. 

އެބޭފުޅާ އިތުރަށް ވިދާޅުވީ، 2021 ވަނަ އަހަރު ނިމޭއިރު، ތިލަފުށީގެ ހުރިހާ ބޮޑު މަގެއްގައި ތާރު އެޅުމަކީ ވެސް އަމާޒެއް ކަމަށެވެ.

"އަޅުގަނޑުގެ އަމާޒެއް އެބަ އޮތް. ކުރިއަށް އޮތް ދެއަަހަރު، 2021 ވަނަ އަހަރު ނިމޭއިރު ތިލަފުށީގެ ހުރިހާ ބޮޑެތި މަގެއް ހުންނަންވާނީ ރަނގަޅު ފެންވަރަކަށް ހެދިފައި، ތާރު ހުންނަންވާނީ އެޅިފައި، ނަރުދަމާ އަދި ފެން ހުންނަންވާނީ އެޅިފައި، ރަނގަޅު ފެންވަރެއްގެ ކަރަންޓު އޮންނަންވާނީ ލެވިފަ. ކުރިއަށް އޮތް ދެ އަހަރު އަޅުގަނޑު އަމިއްލައަށް އަޅުގަނޑު އަމާޒު ހިފާފައި މިހުރީ މިދެންނެވި އިންފްރާސްޓަރްކަޗަރ މިކިޔާ ކަންތައްތައް ތިލަފުށީގައި ކޮށް ނިންމާލެވޭނެ ކަމަށް. މާބޮޑު ދަތިކަމެއް ނެތި ބޭރުގެ ތެރެއިން ފައިސާގެ އެހީތެރިކަމެއް ނެތިވެސް މިކުންފުނީގެ ތެރެއިން މިކުންފުނީގެ އާމްދަނީން އަޅުގަނޑުމެންނަށް ކޮށް ނިންމޭ ވަރުގެ ކަންކަމުގެ ވާހަކަ އަޅުގަނޑު މިދައްކަނީ".

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުން ވަނީ މިއަހަރުގެ އާތު ޑޭ ފާހަގަކުރުމަށްޓަކައި، މިމަހުގެ 22 ވަނަ ދުވަހު އެކުންފުނީގެ މުވައްޒަފުން ގޮސް، ތިލަފުށި އަދި ގުޅީފަޅު ސާފުކުރުމުގެ ޕްރޮގްރާމެއް ވެސް ހިންގާފައެވެ. އަދި އެ ކުންފުނީގެ މައި އޮފީހުގައި ވަނީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޒާތުގެ ޕްލާސްޓިކު ފުޅި ބޭނުން ކުރުން މަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *