ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމްޑީޕީއަކަށް ފުރުސަތެއް ނުދޭނެ ކަމަށް، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާއަށް އިންތިހާބުވެ ވަޑައިގެންނެވި މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު އެ މޭރަމުން ވާހަކަފުޅު ދެއްކެވީ "މިހާރު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. މުހައްމަދުު ސައީދު ދެއްކެވި ވާހަކަފުޅުގައި އެބޭފުޅާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުންގެ އަދަދު މަދު ނަމަވެސް، އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ވޯޓަށް ވުރެ އެހެން ކެންޑިޑޭޓުންނަށް ލިބުނު ޖުމްލަ ވޯޓު ގިނަ ކަމަށެވެ. އަދި އެމްޑީޕީއަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

މުހައްމަދު ސައީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ވެރިކަމުގެ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރީގެ ރައީސް ނަޝީދު ދަނީ ކުރައްވަމުން ކަމަށާއި، އެކަން ހުއްޓުވެން ކުރެވެން އޮތްހާ މަސައްކަތެއް މަޖިލިސް ތެރެއިން ޕީއެންސީ އަދި ޕީޕީއެމް ގުޅިގެން ކުރައްވާނެ ކަމަށެވެ. ސައީދު ވިދާޅުވީ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ޒިންމާއަކީ ސަރުކާރު ޖަވާބު ދާރީ ކުރުވުން ކަމަށާއި އެ މަސައްކަތް އެބޭފުޅުން ކުރައްވާނެ ކަމަށެވެ. 

"ސަރުކާރު ފުރިހަމަ އަށް ޖަވާބުދާރީ ކުރުވާނެ، ތަރައްގީ ނުހުއްޓި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދާނެ. އެއާއެކު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރަން މިކުރާ މަސައްކަތް އަޅުގަނޑުމެން ހުއްޓުވާނަން،" ސައީދު ވިދާޅުވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މާބޮޑު ކާމިޔާބީ އެއް ނުލިބުނަސް ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ސިޔާސީ ކުރިމަގު ބަނަ ނުވާކަމަށެވެ. އަދި ރައްޔިތުން ރައީސް ޔާމީން އަށް ކުރާ އިތުބާރުގެ ސަބަބުން ދެ ޕާޓީވެސް ވާނީ އިތުރަށް ވަރުގަދަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.