ހަޔާތުގައި އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މަސްވެރިކަން ކަމަށް ކާށިދޫ ދާއިރާގެ މެންބަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބުވި، އެދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މަސްވެރިކަން ކަމަށާއި މަސްވެރިކަން ކުރަން ފެށީ އުމުރުން އެންމެ 8 އަހަރުގައި ކަމަށެވެ.

"އެންމެ ފުރަަތަމަ ކުރި މަސައްކަތަކީ މަހަށް ދިޔުން. އުމުރުން 8 އަހަރުގައި. ދޮށީ މަސްވެރިމުގައި. އަޅުގަނޑަކަށް ނޭނގޭ ދޮށި އަޅާކަަށް. އަޅުގަނޑަކީ ކުޑަކުއްޖެއް އެއިރުގައި. 8 އަހަރުގެ ކުއްޖެއް. އަޅުގަނޑުމެން ފަގީރުވީމަ" ޖާބިރު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ޒަމާނުއްސުރެން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަށް ޖާބިރު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އޭނާ ބޭނުންވަނީ ދޮށީގެ މަސްވެރިކަމުގެ ބަދަލުގައި ދާއަޅައިގެން ދިވެހި ރާއްޖޭގެ ރައްޔިތުން މަސްވެރިކަން ކުރުންކަމުގައި ޖާބިރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.