ރޭ އަލިފާން ރޯވެ ގ. ރެޑްޕާލްގެ ތިން ފަންގިފިލައެއް ދިރި ނޫޅެވޭ ވަރަށް އަނދާފައިވާތީ އެ ބައިތަކުގައި ދިރިއުޅުނު ބައެއް ފަރާތަކަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

ރޭގެ ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު ފަންގިފިލާތަކުގައި ދިރިއުޅެމުން ދިޔަ 10 ފަރާތަކަށް ވަގުތީ ބޯހިޔާވަހި ކަމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފައިވެއެވެ. 

އެހީތެރިކަން ފޯރުކޮށްދެވުނު މީހުންގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ހަތް މީހަކުވެސް ހިމެނެއެވެ. އެގޮތުން، އެހީ ހަމަޖައްސައިދީފައި ވަނީ ފަސް އަންހެނުންނަށާއި ހަތަރު ފިރިހެނުން ނަށް އަދި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށެވެ.

ރެޑްޕާލްގައި އަލިފާން ރޯވީ އެގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައެވެ. ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރު ކަމަށް އެމްއެެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.