ކާއެއްޗެހި އެކިގޮތްގޮތަށް ކައިއުޅޭ މީހުން ދުނިޔޭގައި އުޅެއެވެ. ފޮނި އެއްޗަކަށް މިރުސް އަޅައިގެން އަދި ކުޅި އެއްޗަކަށް ޗޮކުލެޓު ފަދަ ތަކެތި އަޅައިގެން ކައިއުޅޭ މީހުންވެސް އުޅެއެވެ. 

ޕިއްޒާ މަތީގައި ޕައިންއެޕަލް ބޭނުންކުރާ މީހުން ބައިތިއްބަފައި މި ދައްކަން އުޅޭ ވާހަކަ އަޑުއަހާލަބަލާށެވެ. ސީރިއަލް ކައި އުޅެން ހެއްޔެވެ؟ ދުވަހަކުވެސް ސީރިއަލް ފެނަށް އަޅައިގެން ކެއިން ހެއްޔެވެ؟ 

އާންމު ގޮތެއްގައި މީހުން ސީރިއަލް ކައި އުޅެނީ ކިރަށް އަޅައިގެންނެވެ. ނަމަވެސް ކިރުގެ ބަދަލުގައި ފެނަށް ސީރިއަލް އަޅައިގެން ކެއިމުން ކަމުދާނެ ކަމަށް ބުނާ މީހަކު އެބައުޅެއެވެ. އެމީހާ ބުނާ ގޮތުގައި ސީރިއަލްގެ ތެރެއަށް ފެން އެޅުމުން ސީރިއަލްގެ މީރު ރަހަ ކަނޑުވާލައެވެ. އަދި ފެން އަޅައިފިނަމަ އެގޮތް ނުވާނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. 

އޭނާގެ މިވާހަކައާއިމެދު އެއްބަޔަކު ބުނީ ސީރިއަލް ނުކައި ހުއްޓަސް އެގޮތަށް ނުކާނެކަމަށެވެ. އަދި އަނެއްބަޔަކު ވަނީ އޭނާ ބުނިގޮތަށް ސީރިއަލް ކައިފައެވެ. އަދި އެއަށްފަހު އޭނާ ދެކެ ރުޅިއައިސްގެން އެއްޗެހިވެސް ކިޔާފައިވެއެވެ. 

އޭނާ ވަނީ އެގޮތަށް ސީރިއަލް ހަދާނެ ގޮތުގެ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.