މާލޭގައި ކަޓަރު އެޅުމަށް ފަހު މީހެއްގެ އަތުން ފޯނެއް ފޭރިގަނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 9:30 ހާއިރު މާފަންނުގައެެވެ.

"ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޯނު ފޭރިގަނެފައިވަނީ ހދ. ކުމުންޑޫ ފިރިހެނެއްގެ އަތުންނެވެ. އަދި ފޭރިގަނެފައިވަނީ ފިހާރައަކުން އަލަށް ގަތް ފޯނެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ފޯނު ފޭރިގަނެފައިވަނީ ދެ ފިރިހެނުން ވެގެންނެވެ. އަދި ކަޓަރު އެޅުމުން ޒަހަމްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.