އަނިޔާވެރިގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ސުވާލު ކުރުމަށް ޒާހިދު ރަމީޒް މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

މަރާލާފައިވާ މީހުނާއި ވާނުވާ ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޝަނަށް ޒާހިދު ހާޒިރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ

އެގޮތުން އެކޮމިޝަންގެ  ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، ޒާހިދު ރަމީޒް އެކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، އަނިޔާވެރިގޮތަކަށް މަރާލާފައިވާ މައްޝޫރު ބްލޮގާ، ޔާމީން ރަޝީދަށް އިންޒާރުދީ 2011 އަދި 2012 ގައި ކޮށްފައިވާ ޓްވީޓްތަކާއި ގުޅިގެންކަމަށެވެ. އަދި އެ ޓްވީޓްތަކާއި ގުޅިގެން ޒާހިދު އެކޮމިޝަނަށް ބަޔާނެއް ދެއްވާފައިވާ ކަމަށް އެކޮމިޝަނުން މައުލޫމާތުދެއެވެ.

2011 އަދި 2012 ގައި ޒާހިދު ރަމީޒް ކޮށްފައިވާ ޓްވީޓްތަކެއްގައި ވަނީ، މަޝްހޫރު ބްލޮގާ ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދީފައެވެ.

އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލާފައިވަނީ އޭޕްރިލް 23، 2017 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.