މަންޓާ އެއާގެ ދަތުރުތައް، މާދަމާއިން ފެށިގެން ބ.ދަރަވަންދޫއަށް ކުރުމަށް ތައްޔާރުވެއްޖެއެވެ.

މަންޓާ އެއާގެ ދަތުރުތައް ދަރަވަންދޫއަށް ފެށުމަށް ހަމަޖެހިފައިވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ހިމެނޭ ގޮތަށެވެ. އެ ޕްރޮމޯޝަންގައި، އުމުރުން ދޮށީ މީހަކަށް އެއްކޮޅު ޓިކެޓް ހަތަރު ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ އަށް ވިއްކުމަށް މަންޓާ އެއާއިން ނިންމާފައިވާއިރު، ކުޑަ ކުއްޖަކަށް ދުއިސައްތަ ސާޅީސް ނުވަ ރުފިޔާއަށް އެއްކޮޅު ޓިކެޓު ވިއްކުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެ ކުންފުނިން ރަސްމީކޮށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އަދި މާ ގިނަ މަންޒިލްތަކަށް އަދި ފްލައިޓުތައް ނުޖައްސާ ނަމަވެސް، މަންޓާ އެއާއިން މިހާރު ވެސް އަންނަނީ ކޮންމެ ދުވަހަކު ހަތަރު ދަތުރު ދ.ކުޑަހުވަދޫ އެއާޕޯޓަށް ކުރަމުންނެވެ. މަންޓާއިން އަދި ދަތުރުތައް ކޮށްފައިވަނީ ހަމައެކަނި ކުޑަހުވަދޫއަށް އެކަންޏެވެ.

މަަންޓާ އެއާއިން ދަރަވަންދޫއަށް ކުރަން ރަވާފައިވަނީ ދުވާލަކު ދެ ދަތުރު ކުރުމަށް ކަމުގައި ވީނަމަވެސް ކުރިމަގުގައި ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިިބިފައިވެއެވެ. 

މަންޓާ އެއާ އަކީ ވަރަށް ފަހުން ރާއްޖޭގައި އުފެއްދި، ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އެއާލައިނެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.