ހޮނިހިރު ދުވަހު ނިމުނު ނަވާރަވަނަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ބައެއް ސައްހަ ވޯޓްތައް ބާތިލް ވޯޓަށް ހެދި ކަމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަނޑައެޅިގެން ސައްހަ ވޯޓެއް ބާތިލު ވޯޓެއް ކަމަށް ނިންމުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި، ސައްހަ ވޯޓް ބާތިލް ކުރި އޮފިޝަލަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެކަން އެހެން ފަރާތްތަކަށް އިބުރަތަކަށް ވާންޖެހޭ ކަމަށްވެސް ޝަރީފުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ސައްހަ ވޯޓްތަކެއް ބާތިލް ކޮށްފައިވާ ކަން އެނގިފައި ވަނީ، މާމިގިލި ދާއިރާގެ ވޯޓް ފޮއްޓެއް އަލުން ގުނުމުންނެވެ. އެގޮތުން މާމިގިލި ދާއިރާގެ ވޯޓް ފޮށީގައިވާ ސައްހަ ވޯޓްތަކެއް ވަނީ ބާތިލްކޮށްފައެވެ.  މާމިގިލީ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 190 އެވެ. ނަމަވެސް ބާތިލު ވޯޓުތައް އަލުން ގުނުމުން، 109 ވޯޓެއް ސައްހަ ކަމަށް ވަނީ ކަނޑައަޅާފައެވެ. މިހާރު އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 81 އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާާފައިވަނީ މިހިނގާ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވަމުންގެދަވާ އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.