ބެލުންތެރިންގެ ލޯބި އަދި ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ފިލުމެއް ކަމަށްވާ ސުޓޫޑެންޓް އޮފް ދަ އިޔަރ ފިލްމުގެ ދެނަވަ ބައިގެ ޓްރެއިލާ މާދަމާ ބެލުންތެރިންނަށްް ދައްކާލުމަށް ނިންމައިފިއެވެ.

ސްޓޫޑެންޓް އޮފް ދަ އިޔަރގެ ދެވަނަ ބައިގެ ޓެރެއިލާ މާދަމާ ބެލުންތެރިންނަށް ދައްކާލުމަށް ހަމަޖެހިފައިވާއިރު މިފިލުމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ، މިއަންނަ މެއި މަހުގެ 10 ވަނަ ދުވަހެވެ. މިފިލްމުގެ ލީޑް ރޯލުން މައްޝޫރު ބަތަލު ޓައިގަރ ޝްރޮފް ފެނިގެން ދާއިރު، އޭނާ އާއިއެކު ދެން ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ އަލަށް ބޮލީވުޑަށް ތައަރަފްކުރާ ދެ އަންހެން ބަތަލާއިން ކަމަށްވާ ތާރާ ސުތާރިއާ އާއި އަނަންޔާ ޕާންޑޭ އެވެ.

ސްޓޫޓެންޑް އޮފް ދަ އިޔަރ ފިލުމުގެ ފުރަތަމަ ބައިން ވެސް ވަނީ ބޮލީވުޑަށް ކުޅަދާނަ ތިން ތަރިން ނެރެދީފައެވެ. އެއީ މިވަގުތު ބޮލީވުޑްގައި ތިބި އެންމެ މައްޝޫރު އަދި މޮޅު އަންހެން ބަތަލާއިންްގެ ތެރޭގައި ހިމެނޭ އާލިއާ ބަޓް އަދި ފިރެހެން ތަރިންގެ ތެރެއިންވެސް ބެލުންތެރިންގެ ވަރަށް ބޮޑު ލޯތްބެއް ހޯއްދާފައިވާ ތަރިން ކަމަށްވާ ސިދާތް މަލްހޯތްރާ އަދި ވަރުން ދާވަން އެވެ.

ސްޓޫޑެންޓް އޮފް ދަ އިޔަރ 2 މިފިލުމަކީ ފުނިތް މަޅޯތްރާ ޑައިރެކްޓް ކުރާ ފިލްމެކެވެ. މިފިލްމުން ބޮލީވުޑަށް އަލަށް ދެ އަންހެން ބަތަލާއިން ނެރޭ އިރު ގިނަ ބަޔަކު ތިބީ، ތާރާ އާއި އަނަންޔާ ގެ އެކްޓިންގެ ހުނަރު ބެލުމަށް ކެތްމަދުވެފައެވެ. ފިލްމުގައި އެދެފަންނާނުންގެ ކެރެކްޓަރ ތަފާތު ވާނެކަމަށް ފިލްމު އުފެއްދި ފަރާތްތަކުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.