ބްރައުން ބްރެޑަކީ ޕާންތަކުގެ ތެރެއިން ފިހާރަތަކާއި ބޭކަރީތަކުނެ ލިބެން ހުންނަ މުށި ކުލައިގެ ޕާނެކެވެ. އާންމުކޮށް ދިވެހިން އެންމެ ކުރީއްސުރެ ބޭނުންކޮށް އުޅުނީ ވައިޓް ބްރެޑް ނުވަތަ ހުދުކުލައިގެ ޕާންކަމަށް ވިޔަސް ފަހުން ފަހަކަށް އައިސް ދިވެހިންގެ ތެރޭގައިވެސް ބްރައުން ބްރެޑް ބޭނުންކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ގިނަ މީހުން އަންނަނީ ބޭނުން ކުރަނީ ވަކި ވައްތަރެއްގެ ޕާނެއް ކަމަށްބުނެ ބަހުސްތައް ކުރިއަށް ގެންދަމުންނެވެ. ދެ ވައްތަރުގެ ޕާނުގައިވެސް ސިއްހީފައިދާތައް ހުރެއެވެ.

ނަމަވެސް މިތަނުން އިޚްތިޔާރުކުރަންވީ ކޮން ވައްތަރެއްގެ ޕާނެއްކަމާއި އެއީ ކީއްވެގެން ކުރަން ޖެހޭ ކަމެއްކަން ގިނަ މީހުންނަކަށް ނޭނގެއެވެ.

ކޮންމެ ކަހަލަގެ ޕާނެއްވެސް ހެދިފައި ހުންނާނީ ފުށުންނެވެ. ވީޓް ފްްލާވަރ ނުވަތަ ފުށް ހެދިފައިވަނީ ތިން ބަޔަކުންނެވެ. އެއީ އެންޑޯސްޕާމް، ޖާމް އަދި ބްރޭން އެވެ. އެންޑޯސްޕާމްއަކީ ފާނުގެ ގްރެއިންގެ މެދުގައިވާ އެއްޗެވެ. އޭގައި އެކުލެވިގެންވަނީ ޕްރޮޓީންއާއި ސްޓާޗްއެވެ. އެންޑޯސްޕާމެއްގެ ނިމޭތާގައި އަބަދުވެސް ޖާމްއެއް އިންނާނެއެވެ. ޖާމްއަކީ ސްޕްރައުޓްތައް ޖާމިނޭޓްވާ ތަނެވެ. މިތާގައި އެކުލެވިގެންވަނީ ޕާނެއްގ ހުރިހާ ވިޓަމިންތަކަކާއި މިނަރަލްތަކެކެވެ. އެންޑޯސްޕާމާއި ޖާމް ވަށާލެވިފައިވަނީ ބްރޭން އިންނެވެ. ބްރޭންގައި އެކުލެބިގެންވާ ބައެއް މާއްދާތަކަށް ބަލާއިރުގައި ފައިބަރ އާއި މި ނޫންވެސް ފައިދާހުރި މާއްދާތައް ހިމެނެއެވެ.

ވައިޓް ބްރެޑްގެ ފުށަކީ ވަރަށް ގިނަ ޕްރެސެސްތަކުގެ ތެރެއިން ހެދިފައިވާ ފުށްގަނޑެކެވެ. އެ ގޮތުން ހުދު ޕާނުގެ ޖާމް ނަމަކަށް ކިޔޭ ބަޔާއި ބްރޭން ނަމަކަށް ކިޔޭ ބައި ވަކިކޮށްލެވެއެވެ. އޭރުން ޕާނުގައި ބާކީ ހުންނާނީ ހުދު، ސްޓާރޗުން ފުރިފައިވާ އެންޑޯސްޕާމް އެކަންޏެވެ. އެންޑޯސްޕާމަކީ ވީޓް ފްލާވާގައި އެންމެ ގިނައިން އެކުލެވިގެންވާ ޕާން މާއްދާކަމަށް ވިނަމަވެސް ފައިދާހުރި މާއްދާތައް އެންމެ މަދުން އެކުލެވޭ ބަޔަކީ މިއީއެވެ.

ބްރައުން ބްރެޑްގެ ފުށުގައި ޖާމްއާއި ބްރޭން އެކުލެވިގެން ވުމުގެ ސަބަބުން އޭގައި މާ ގިނަ ސިއްހަތަށް ފައިދާހުރި މާއްދާތައްވެސް އެކުލެވިގެންވެއެވެ. އެހެންކަމުން ހުދު ޕާނަށް ވުރެ ގިނަ ހަށިގަނޑަށް ފައިދާހުރި މާއްދާތައް ބްރައުން ބްރެޑްގައި އެކުލެވިގެންވެއެވެ.

ނިއުޓްރިޝަންތަކަށް ބަލާއިރު ބްރައުން ބްރެޑަކީ ފައިބަރ، ޕްރޮޓީން، ވިޓަމިން އީ، ބީ-ވިޓަމިންސް، މެންގަނީސް، މެގްނީޝިއަމް އަދި އަޔަން ފަދަ އެތަކެއް ފައިދާހުރި މާއްދާތަކަކުން މުއްސަނދިވެފައިވާ ކާނާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *