ގ.ރެޑްޕާލް ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 03:45 ހާއިރުއެެެވެ.

އެމްއެންޑީއެފްއިން ވިދާޅުވާ ގޮތުގައި، މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައެވެ. އަދި މި ހާދިސާގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ރޭ 04:30 ހާއިރު ކަމަށްވެސް އެމްއެެންޑީއެފްއިން ވިދާޅުވެފައިވެއެވެ.

އަދި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ ގޭގައި އެވަގުތު ތިބި މީހުންތައް އިވެކުއޭޓް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސަރޗް އެންޑް ރެސްކިއު ޓީމުން ވަނީ ކޮށްފައެވެ.

 މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވާއިރު އެގެޔަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.