ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުގް މެންބަރު އަދި ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
ޓިވީއެމްއިން ގެންނަ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަކުރަމް ވިދާޅުވީ ކުރިޔަށް އޮތް އިންތިހާބުގައި ލޯފަން މީހުނަށް އަމިއްލަޔަށް ފާހަގަ ޖެހޭނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.
އެންމެ ފަހުން ރާއްޖޭގައި ބޭއްވިގެންދިޔައީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބެވެ. އެ އިންތިހާބު ވެފައިވަނީ މިހާތަނަށް އެންމެ ގިނަ މީހުން ވޯޓުލި އިންތިހާބަށެވެ.