މާވަށު ދާއިރާގެ ވޯޓު އަލުން ގުނި އިރުވެސް ޕީއެންސީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ، ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ލިބުނު ވޯޓު އިތުރުވެއްޖެއެވެ.

މާވަށު ދާއުރާގެ ވޯޓުލުމުގެ ހައްގު 2،789 މީހުންނަށް ލިބިފައިވާއިރު އެ ދާއިރާ އިން ސައީދު ކުރި ހޯއްދެވީ ފަސް ވޯޓުގެ ތަފާތުންނެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހެވެ.

އެ ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމީ، ސައީދަށް ކުރި ލިބިވަޑައިގަތީ ބާތިލް ވޯޓުތަކެއް ވެސް ގުނައިގެން ކަމަށް ބުނެ ފަލާހް އިލެކްޝަން ކޮމިޝަންއަށް ޝަކުވާ ހުށަހެޅުއްވުމުންނެވެ.

ސައީދާއި ފަލާހުގެ އިތުރުން ވެސް ދެ ކެންޑިޑޭޓަކު އެ ދާއިރާ އިން ވާދަކުރެއްވި އެވެ. ސައީދު ކާމިޔާބު ކުރެއްވި ގޮނޑިއާ އެކު 19 ވަނަ މަޖިލިސް އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީ އަށް ލިބުނީ ޖުމްލަ ހަތް ގޮނޑި އެވެ. މަޖިލީހުގެ އެންމެ ބޮޑު އަޣުލަބިއްޔަތެއް 65 ގޮނޑިއާއި އެކު ނެގީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.