މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގެ ބާތިލް ވޯޓްތައް ގުނުމުން މާމިގިލީ ދާއިރާގެ މިހާރުގެ މެންބަރު ގާސިމް އިބްރާހިމްއަށް ލިބިވަޑައިގެން ވޯޓް ގިނަވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި، އަލީ އަމީޒްގެ މައްޗަށް ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމްއަށް ކުރި ހޯއްދެވުނީ 80 ވޯޓްގެ ތަފާތުންނެވެ.

މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގައި 190 ބާތިލް ވޯޓް އޮތުމާ ގުޅިގެން އިލެކްޝަން ކޮމިޝަން، އީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ވޯޓް ފޮށިތައް އަލުން މިރޭ ގުނި އިރު، ގާސިމްއަށް ވަނީ 64 ވޯޓް އިތުރުވެފަ އެވެ. އެމްޑީޕީއިން ވާދަކުރި އަމީޒްއަށް އިތުރުވީ 45 ވޯޓެވެ.

މި ބަދަލާއި އެކު ގާސިމަށް ލިބިވަޑައިގެންނެވީ، 1145 ވޯޓެވެ. އަދި އަމީޒަށް ލިބިވަޑައިގަތީ، 1046 ވޯޓެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.