އޭނާ އަކީ ބްރޭންޑެެއް ކަމަށް ކާށީދޫ ދާއިރާއަށް އަމިއްލަ ގޮތުން އިންތިހާބުވި މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އޭނާއަކީ އަކީ ރާއްޖޭގައި ފަސް ތަރީގެ ހޮޓާއެޅި މީހެއް ކަމަށާއި އޭނާ އަކީ ބްރޭންޑެއްް ކަމަށެވެ.

"އަޅުގަނޑަކީ ރާއްޖޭގައި ފަސް ތަރީގެ ހޮޓާ އެޅިމީހެއް. އަޅުގަނޑަކީ ބްރޭންޑެއް. އަޅުގަނޑު އޮޕަރޭޓް ކުރަނީ ބްރޭންޑް އޮޕަރޭޓްކުރާ ލެވެލްގައި. އަޅުގަނޑު ބްރޭންޑަކުން މާކެޓް ކޮށްފަ އެ ޕްރޮޑަކްޓް ވިއްކާލަނީ" ޖާބިރު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ރިސޯޓެއް ވިއްކާލީ އޭނާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ފުރަތަމަ ރާއްޖޭގައި އެންމެ އަގުބޮޑުކޮށް ރިސޯޓެއް ވިއްކީ އަޅުގަނޑު. 120 މިލިއަން ޑޮލަރަށް. އަޅުގަނޑު 20 މިލިއަން ޑޮލަރު އިންވެސްޓް ކުރީ" ޖާބިރު ވިދާޅުވިއެވެ.

އަމިއްލަ ގޮތުން ވާދަކުރައްވާ ކާށީދޫ ދާއިރާގެ ގޮނޑި ޔަޤީން ކުރެއްވި، ޖާބިރު ވަނީ އޭނާގެ ފަސް އަހަރު ދުވަހުގެ ދައުރު ނިމޭއިރު ކާށިދޫ ދާއިރާގައި ހިމެނޭ ކާށިދޫ އާއި ގާފަރު، އުމްރާނީ ގޮތުންނާއި އިގްތިދާސީ ގޮތުން ކުރިއަރައިދާނެ އިންވެސްޓްމެންޓް ތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.