ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ވެލައެއް އަރައި، ރަންވޭ މައްޗަށް ބިސް އަޅައިފިއެވެ.

އެއާޕޯޓްގެ ރަންވޭގެ ތާރުގަނޑު މައްޗަށް ބިސްއަޅާފައިވާތަން ފެންނަ ފޮޓޯއެއް މިއަދު މީސް މީޑިއާގައި ވަރަށް ބޮޑަށް ވައިގައި ހިފިއެވެ. އެކަމާއިމެދު އެކި މީހުންގެ ވިސްނުން ހުރީ އެކި ގޮތްގޮތަށެވެ. އެގޮތުން އެއްބަޔަކު ބުނި ގޮތުގައި ވެލަޔަށް ބިސް އަޅަން ދާންވީ ތަނެއް ނޭނގުނީއެވެ. އަނެއްބަޔަކު ބުނި ގޮތުގައި ތަރައްގީ ކުރިވަރު ބޮޑު ކަމުން ވެލަޔަކަށް ބިސް އަޅާލެވޭވަރު ވެސް ދެން ނުވާނެއެވެ. 

އާންމުކޮށް ވެލަޔަކީ ގޮނޑުދޮށުގެ ދޮންވެލިގަނޑު ކޮނުމަށް ފަހު އެ ތަންތަނަށް ބިސް އަޅާ ޖަނަވާރެކެވެ. އަދި މާފަރު އެއާޕޯޓް އަޅަމުންދާ ސަރަހައްދަކީ ކުރިން އާންމުގޮތެއްގައި ވެލާ އަރައި އުޅުނު ސަރަހައްދެއް ކަމަށްވެއެވެ. އަދި ރަންވޭ އެޅުމާ ގުޅިގެން ވެލާ ބިސްއަޅާނެ ތަނެއް ކައިރި ހިސާބަކު ނެތީ ކަމަށް ބެލެވެ އެވެ.

ވެލަޔާއި ބެހޭ އެތަކެއް ހާދިސާތަކެއް ރާއްޖޭގައި ހިނގާފައިވާއިރު ރަންވޭއަކަށް ބިސް އަޅައިގެން އެވާހަކަ މަޝްހޫރުވި މިއީ ފުރަތަމަ ފަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.