ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ރަންވީރް ސިންގ އަދި އާލިއާ ބަޓް އަކީ އެ އިންޑަސްޓްރީގައި އެންމެ ގިނައިން ލާރި ލިބޭ ދެތަރިން ކަމަށް ވާއިރު، ފުރަތަމަ ފަހަރަށް ފިލްމަކުން އެދެމީހުން އެކުގައި ފެނިގެންދިޔައީ، ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމް "ގަލީ ބޯއި" އިންނެވެ. 

އެ ފިލްމުގެ ކާމިޔާބީއަށްފަހު އެދެތަރިން އަނެއްކާވެސް އެކުގައި ފިލްމެއް ކުޅުމަށް މިވަނީ ސޮއިކޮށްފައެވެ. ދެތަރިން އަލުން އެކުގައި ފެނިގެންދާނީ، ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު ކަރަން ޖޯހަރު އުފައްދަން އުޅޭ ފިލްމް "ތަހްތް" އިންނެވެ. އަނިލް ކަޕޫރު، ޖާންވީ ކަޕޫރު، ކަރީނާ ކަޕޫރު، ބޫމީ ޕަދްނާކަރު އަދި ވިކީ ކައުޝަލްވެސް އެ ދެތަރިންނާއެކު މި ފިލްމުގައި ފެނިގެންދާނެއެވެ. 

ކަރަން ޖޯހަރުގެ މި ފިލްމުގައި އާލިއާ އާއި ރަންވީރް ސޮއި ކޮށްފައިވާއިރު އެއްވެސް ފަރާތަކުން ރަސްމީކޮށް މިކަން ޔަގީންކޮށްދީފައެއް ނުވެއެވެ. 

އާލިއާ ދަނީ މިހާރުވެސް ގިނަ ފިލްމުތަކެއްގެ ޝޫޓިންގ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިމަހުގެ 17 ގައި އަޅުވަން ނިންމާފައިވާ "ކަލަންކް" ގެ ޕްރޮމޯޝަނުގެ މަސައްކަތާއި އޭގެ އިތުރުން އަދިވެސް ދެ ފިލްމެއްގެ ޝޫޓިންގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ. 

ރަންވީރަށް ބަލާލާއިރު، އޭނާވެސް މިވަގުތު ދަނީ ފިލްމެއްގެ ޝޫޓިންގް ކުރިއަށް ގެންދަމުންނެވެ. ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަބީރް ޚާން ގެ ފިލްމް "83" ގެ ޝޫޓިންގައި ރަންވީރު މަސައްކަތް ކުރަމުންދާއިރު، އެ ފިލްމުގައި ފެނިގެންދާނީ އިންޑިއަން ކްރިކެޓް ޓީމަކަށް ދުނިޔޭގެ ތައްޓެއް ހާސިލްކުރެވޭ ވާހަކަތަކެކެވެ. 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.