ދިރިއުޅުމުގައި ލޯތްބަކީ ވަރަށް މުހިންމު އެއްޗެކެވެ. ހަޔާތުގެ ކޮންމެސް އެއް ހިސާބަކުން ކޮންމެ މީހަކަށްވެސް ކޮންމެވެސް މީހެއް ދެކެ ލޯބި ވެވޭނެއެވެ. ބައެއް މީހުންނަށް ލޯބީގައި ނާކާމިޔާބީ އާއި ކުރިމަތި ލާންވެސް ޖެހިދެއެވެ.

އެންމެންވެސް ދަންނަހެން ލޯބި އެއީ ފައިސާއަށް ގަނެވޭނެ އެއްޗެއް ނޫނެވެ. ތިމާ ހަޤީގަތުގައިވެސް އޭރެއްގައި އެކުގައި އުޅޭ ބައިވެރިޔާއާއިއެކު ރަނގަޅު ހަޔާތެއް ބައްޓަން ކުރަން ބޭނުންވެއްޖެ ނަމަ އެ "ރިލޭޝަން" އަކާމެދު ވަރަށް "ސީރިއަސް"ވެއެވެ. ސުވާލަކީ ހަޤީޤީ ލޯބި ލިބި ރަނގަޅު ދިރިއުޅުމެއް ބައްޓަން ކުރެވިގެންދަނީ ހަޔާތުގެ ބައިވެރިޔާއަށް އަގު ބޮޑު ހަދިޔާތައް ގަނެފަ ދިނުމުން ތޯ، ނޫނީ ތިމާ ގެ އަގު ހުރި ވަގުތު ތަކު ތެރެެން ވަގުތު ކޮޅެއް ދީގެން ހެއްޔެވެ؟

"ލަވް" ލައިފްގައި ހަމަ ގައިމުވެސް ވަގުތު އެއީ ވަރަށް މުހިންމު އެއްޗެކެވެ. އަދުގެ މުޖުތަމައުގައި އެންމެންވެސް ކޮންމެސް އެއްކަމެއްގައި ބިޒީ ވެގެން އުޅޭ އިރުވެސް ތިމާގެ ހަޔާތުގެ ބައިވެިޔާއަށް ވަގުތު ހޯދައިގެން ދޭ މީހުން މަދެއް ނޫނޫނެެވެ. އެހެންމަވެސް "ބިޒީ" ވުން އެއީ އުޒުރެއް ކަމަށް ދައްކައިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ.

އެހެން ކަންތައްވާން ފެށުމުން ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުން ކައިރއެވެ. ހަދިޔާ ދިނުން ގޯހެކޭ އަޅުގަނޑު ނުބުނަމަވެ. އެހެންނަމަވެސް ތިމާ ގެ ހަޔާތުގެ ބައިވެރިޔާ އެކު ވަގުތު ހޭދަކޮށްލާ ވާހަކަ ދައްކާލުމުން އެ ލިބޭ ހިންހަމަޖެހުން، އަބަދު ހަދިޔާތަށް ދީގެން ފަރުޖައްސާލަާ މީހުންނަކަށް ނުލިބޭނެކަން ކަށަވެރެވެ.

ކުރިންވެސް ފާހަގަކުރިހެން، ދިރުއުޅުމުގައި އެތަކެއް މީހުންނާއި ލޯބީގެ ގޮތުން ގުޅުން ބަދަހިކުރެއެވެ. ލޯތްބަކީ އެ އިހުސާސު ތަކެއް ވުމުން ތިމާ އެއްކޮށް ކަނު ކޮށްދޭ އެއްޗެއްގެ ގޮތުގައި ބައެއް މީހުން ބުނެއެވެ. އެހެން އެބުނާ މީހުންނަކީ އެއްކަަލަ ވަގުތު ނުދީ އުޅޭ މީހުންނެވެ. ނުވަތަ އޭނާގެ ހަޔާތުގެ ބައިވެރިޔާ ފަރާތުން އެ ވަގުތު ނުލިބުނު މީހުންނެވެ.

ތިމާއަށް ދެވޭ ވަރަކުން ވަގުތު ދިނުމުން ލިބޭ ފައިދާއަކީ، ދެމީހުނަށް ދެމީހުންގ ހުރި ހިންހަމަނުޖެހުންތަކާިއ އަދި އެހެނިހެންވެސް ވާހަކަަތައް ހިއްސާކުރެވި، އެ އޮންނަ އިތުބާރު ބޮޑު ވެގެން ދިޔުމެވެ. އެހެންކަމުން ތިމާގެ ދިރިއުޅުމުގައި ކިތަންމެ ގިނަ ކަންކަން ހުއްޓަސް އެ ވަގުތު ދޭން ޖެހޭ މީހުނަށް ވގުތު ދީގެން ދިރުއުޅުމާއިގެން ކުރިޔަށް ދާށެވެ. ވަގުތަކީ ހޯދީމާ ލިބޭއެއްޗެކެވެ. ހަމަ ހުރެފަކާއެއް އެ ވަގުތެއް ނުލިބޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.