ދުނިޔޭގައި ލައްވާފައިވާ މޭވާތަކުގެ ތެރެއިން އެންމެ މީރު އެއް މޭވާއަކީ އާފަލެވެ. މި މޭވާގައި ތަފާތު ފައިދާތައް އެކުލެވިގެންވެއެވެ. އެގޮތުން ކަރުހިއްކުން ފިލުވައިދޭ ވަރަށް ފެނާއި ގިނަ އަދަދަކަށް ވިޓަމިން، އާފަލުގައި އެކުލެވިގެންވެއެވެ. އާފަލެއް ކާލުމަކީ ފޫހިވެސް ފިލުވައިދޭ ކަމެކެވެ. 

ދުވާލަކު އާފަލެއް ކާލުމުން ޑޮކްޓަރަށް ނުދައްކާވެއޭ ބުނާ އަޑަކީ އަހަރެމެންނަށް އައު ކަމަކަށް ނުވާނެއެވެ. އެގޮތުން، އާފަލުގެ ފައިދާތަކުގެ ވާހަކަ ކިޔާއިރު، އެއީ ނިދި ފިލުވައިދިނުމުގައި އެހީވާ އެއްޗެއްކަން އެނގޭހެއްޔެވެ؟ ނިދި ފިލުވުމަށް އާންމުކޮށް މީހުން ބޮއެ އުޅެނީ ކޮފީއެވެ. ނަމަވެސް ކޮފީގެ ބަދަލުގައި އާފަލެއް ކާލިޔަސް ނިދި ފިލުވުމުގައި އެހީވެއެވެ

އާފަލަކީ، ނިންޖާއި ދުރުކޮށްދޭ މާއްދާއެއް ކަމަށްވާ ކެފެއިން އެކުލެވިގެންވާ އެއްޗެއް ނޫނެވެ. އާފަލު ކެއުމުން ނިދި ފިލަނީ އެގައި ހުންނަ ފްރުކްޓޯސް (ހަކުރުގެ ވައްތަރެއް) ގެ މިންވަރު ގިނަވުމުންނެވެ. ލޭގައި ހަކުރު އިތުރުވުމުންވެސް މީހާ ހޭލާ ހުރުމަށް މަގުފަހިވެއެވެ. 

އަވަހަށް ނިދި ފިލުވައިލަން ބޭނުންނަމަ އާފަލެއް ކާލުމަށްވުރެ ކޮފީ ބުއިން ރަނގަޅުވާނެއެވެ. ނަމަވެސް ހެނދުނު ގަޑީގައި ކަސްރަތު ކުރާ މީހުންނަށް ކޮފީގެ ބަދަލުގައި އާފަލެއް ކާލުން ބުއްދިވެރިއެވެ. ސަބަބަކީ ކޮފީ ބުއިމުން ހަށިގަނޑަށްވާ އިތުރު ކަންތައްތަކެއް އާފަލެއް ކެއުމަކުން ނުވާނެއެވެ. ބައެއް މީހުންނަކީ ކޮފީ ބުއިމުން ފާހާނާއަށް ދެވުމާއި ބޮލަށް އެނބުރުން އެރުން ފަދަ ކަންކަންވާ މީހުންނެވެ. ނަމަވެސް އާފަލަކުން އެފަދަ ކަމެއް ވެގެން މީހަކު މައްސަލައެއް ޖައްސާނީ ވަރަށް މަދު ފަހަރެއްގައެވެ. 

އެހެންކަމުން ދެން ފަހަރަކުން އޮފީހަށް ދަމުން ނިދިއަންނާތީ ކޮފީ ބޮއެގެން، އެއަށްފަހު، ފާހާނާއަށް ދެވޭތީ މަސައްކަތް ނުކުރެވިގެން އުޅެން ބޭނުންނުވާނަމަ ކޮފީ ބުއިމުގެ ބަދަލުގައި އާފަލެއް ކާލާށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.