ދިވެހިންނަށް މިއަދު މީސްމީޑިއާ އަކީ އާ އެއްޗަކަށް ނުވާނެއެވެ. ފޭސްބުކް، އޭ ބުނެފިނަމަ އޭ ކޯއްޗެކަން ނޭގޭ މީހުންގެ އަދަދު އިނގިލިން ގުނާލެވޭނެ ހާވެސް މަދުވާނެ ކަން ޔަގީނެއެވެ. ހަމަގައިމުވެސް ފޭސްބުކަށް ނުވަންނަ މީހުން ވަރަށް މަދު ވާނެއެވެ. ދުނިޔޭގެ އާބާދީގެ ބޮޑު އިންސައްތައެއް ފޭސްބުކް އަދި މެސެންޖަރ ބޭނުން ކުރެއެވެ. ދުނިޔެ ތަރައްގީ ވަމުން އައިސް މިއަދު މިވަނީ ސިޓީ މެދުވެރިކޮށް ވާހަކަދައްކައި އުޅޭ ޒަމާން މާޒީއާއި އެކުވެގެން ގޮސްފައެވެ. ފަންވަތުގައިި ލިޔެގެން ނުވަތަ މީހުން މެދުވެރިކޮށް މީހަކު ގާތުގައި ވާހަކައެއް ބުނުމުގެ ޒަމާން ވެސް މިހާރު މިވަނީ މާޒީވެފައެވެ.

މިދުވަސްވަރަކީ ތިމާ މީހަކު މަތިން ހަނދާން ވިއަސް ނުވަތަ މީހަކު ގާތުގައި ވާހަކައެއް ބުނަން ބޭނުން ވިއަސް ވަގުތުން މެސެންޖަރ ނުވަތަ މީސް މީޑިއާގެ ކޮންމެވެސް އެހެން މަންސައެއް މެދުވެރިކޮށް އެކަން ކުރެވޭ ދުވަސްވަރެވެ. ޒުވާނުންްގެ ތެރޭގައިވެސް އަދި އެހެން އުމުރު ފުރާތަކުގެ މީހުންގެ ތެރޭގައި ވެސް މިދުވަސްވަރު އެންމެ ހިނގާ އެއްް އެޕަކީ ފޭސްބުކް މެސެންޖާރ އެވެ. އެކުވެރިންނާއި ނުވަތަ ލޯބިވެރިޔާއައި ޗެޓް ކުރުމުގައި ދެތިން ހަތަރު ގަޑިއިރު ވޭތުވެގެން ދާއިރުވެސް ރޭކާ ނުލައެވެ. އެއްބަޔަކު މެސެންޖާރ އިން އެމީހަކު ބޭނުންވާ މީހަކާއި ޗެޓް ކުރާއިރު އަނެއް ބަޔަކު ތިބެނީ އެމީހުން ކުރާ މެސެޖްތައް ސީންޒޯން ކުރާތީ އެކަމާއި ހިތާމަކޮށް ރުޅިއައިހެވެ.

އަމިއްލައަށް ވިސްނާލައްވާށެވެ. މިސާލަކަށް ތިތަނަނުން ބޭފުޅެއް އެކުވެރިއެއް ގާތުގައި ވަރަށް ބައިވަރު ވާހަކަތައް ދެއްކުމުން އެކުވެރިޔާ އެވާހަކަތަކަށް އަޅައި ވެސް ނުލާ އެތަނުން ދިޔުމުން ތިބޭފުޅާ ހިތަށް އަރާނީ ކޯއްޗެއް ތޯއެވެ؟ ލަދުވެސް ގަންނާނެ ނުންތޯއެވެ؟ ކަޑަވެސް ވާނެ ނުންތޯއެވެ؟ ހަމަ އެބީދައިން މީހަކު މެސެންޖަރ އިން މެސެޖެއް ކޮށްލުމުން އެ ސީން ކޮށްލުމުން އެމެސެޖް ކުރާ ފަރާތަކުން ވެސް ކިހާ ރުޅިއެއް އަންނާނެ ނުންތޯއެވެ؟ ގިނަ ފަހަރަށް ވަރަށް ލަސްވެގެން ކަމެއް ކުރަން އުޅޭ ވަގުތެއްގައި ނުވަތަ ކަމަކު ޖެހިގެން މެސެޖެއް ކޮށްލުމުން ސީން ކޮށް އަޅައި ނުލައި ހުރުމުން އަންނަ ރުޅީގައި އަންފްރެންޑްވެސް ކޮށްލެވެއެވެ.

ކުރާ މެސެޖްތައް ސީން ކުރުމުން މީހުން އެމީހަކާ ދޭތެރޭ ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދެއެވެ. ހަމަޖެހިގެން ރީތިކޮށް ވާހަކަދައްކަން ނުވަތަ ހާލު ބަލައިލަން މެސެޖް ކުރުމުން ސީން ކޮށްލާފައި އަޅައި ނުލައި ހުންނަ ނަމަ އެމީހަކީ ވަރަށް ފޮނި އަދި ބޮޑާ މީހެއްގެ ގޮތުގައި މީހުން ލޭބަލް ކުރެއެވެ. ހަމަގައިމުވެސް، ކަމަކާއި ނުލައި މީހަކު މެސެޖް ކުރުމުން ސީން ޒޯން ކުރާނީ ވަރަށް ފޮނި މީހުންނެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ، ޒަމާނުއްސުރެ އޮތް އެކުވެރިކަން ގެއްލި އެންމެ ގާތް އެކުވެރިންވެސް އަންފްރެންޑް ކުރެވޭ ހިސާބުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.